ޚަބަރު
މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
ގައްދޫގެ މަސްދޯންޏެއް ފޮޓޯ: ގައްދޫ ކައުންސިލް
ގދ. ގައްދޫ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.
ފުލުހުން ބުނި ގޮތުގައި މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 ޖޫން 7 ވާ އާދީއްތަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.
އިސްޙާޤު ރަޝީދު ފެނުމާއެކު ވަނީ ވަގުތުން ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އޭނާ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.