Ads by Farudhun

ޚަބަރު

ޕީއެންސީގެ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ ބާއްވަނީ

ޕީއެންސީގެ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ ބާއްވަނީ

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ޕާޓީގެ މެެމްބަރުން ފޮޓޯ:

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖޫން 2026، 11:58

07 ޖޫން 2026، 11:58

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ބާއްވާ ވަރަށް ޚާއްޞަ ޖަގަހަ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓީން އިޢުލާނުކޮށްފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ (07 ޖޫން 2026، އާދިއްތަ) 20:30 ގައި، ހ. ވެޔޮވިލާގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ގައެވެ.

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާއިރު ނިމިދިޔަ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ޕާޓީންވަނީ ގިނިކަންޏާ ނިކުމެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އަދި މިފަހުން އެ ޕާޓީގެ ސިޔާސީ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް ޕާޓިއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.މިރޭގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ކޮންގްރެސް ޕާޓީގެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ ދައުވަތު ދީފައެވެ. 

ރޭވިގެން އިންތިޒާމީ ގޮތެއްގައި ހަމައެކަނި ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ ވެސް ހަކޮންގްރެސް ޕާޓީންކަން ފާހަގަކޮށްލަންޖެހެއެވެ. މިހާރުވެސް އެ ޕާޓީގައި 75,000 ވުރެ ގިނަ މެންބަރުން ހިމެނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450