Ads by Farudhun

ޚަބަރު

އިތުރު ހަތަރު ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފި

އިތުރު ހަތަރު ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފި

މަތީ ސާނަވީގެ ކިއެވުން ފެށުން ފޮޓޯ؛ ވުޒާެރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 10:22

08 ޖޫން 2026، 10:22

މުޅި ރާއްޖެއަށް މަތީ ސާނަވީ ތައުލީމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި އަހަރުގެ މަތީ ސާނަވީ ކިޔެވުން އިއްޔެ ފެށުނުއިރު އަލަށް ހަތަރު ސްކޫލެއްގައި ގްރޭޑް 11 އަށް ކިޔަވައިދޭން ފަށައިފިއެވެ.

މި އަހަރު އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ ރ. އުނގޫފާރު ސްކޫލް، ރ. އިނގުރައިދޫ ސްކޫލް، ތ. އަތޮޅު ތައުލީމީ މަރުކަޒު އަދި ގދ. މަޑަވެލީ ސްކޫލެވެ.

މީގެ ތެރެއިން ރ. އުނގޫފާރު ސްކޫލުގައި މަތީ ސާނަވީގެ ކިޔެވުން މި ފެށީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެ ސްކޫލުގައި އެންމެ ފުރަތަމަ މަތީ ސާނަވީ އުފެއްދީ 2013 ވަނަ އަހަރު ނަމަވެސް، އެކި ސަބަބުތަކާހުރެ 2019 ވަނަ އަހަރު ވަނީ ކިޔެވުން މެދުކެނޑިފައެވެ. އުނގޫފާރު ސްކޫލުގައި ގްރޭޑް 11 ގެ ކިޔެވުން އިއްޔެ ފަށާފައިވަނީ ޖުމްލަ 11 ދަރިވަރުންނާއެކުގައެވެ. މީގެ ތެރޭގައި އެ ރަށުން ބޭރު ދެ ދަރިވަރުންވެސް ހިމެނެއެވެ.

ރ. އިނގުރައިދޫ ސްކޫލުގައި މަތީ ސާނަވީގެ ކިޔެވުން 8 ދަރިވަރުންނާއެކު ފަށާފައިވާއިރު، ގދ. މަޑަވެލީ ސްކޫލުގައި ގްރޭޑް 11 އަށް ކިޔަވައިދޭން ފެށީ 9 ދަރިވަރުންނާއެކުގައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަތީ ސާނަވީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ތައުލީމީ ވުޒާރާގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުވެސް ރާއްޖޭގެ ފަސް ސްކޫލެއްގައި ވަނީ އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައެވެ. މި މަޝްރޫއުގެ ސަބަބުން އަމިއްލަ ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންތަކަކަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450