Ads by Farudhun

ޚަބަރު

ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 11:41

08 ޖޫން 2026، 11:41

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސިއްޙީ ހާލަތު ހުރިގޮތުން، ފިނޭންސް މިނިސްޓްރީ ފަދަ ބޮޑު މަސްއޫލިއްޔަތެއް އުފުއްލެވުމަށް މިވަގުތު އުޒުރުވެރިވެވަޑައިގަންނަވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެމަނިކުފާނު އިސްތިއުފާ ދެއްވި ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ.
 



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450