Ads by Farudhun

ޚަބަރު

ޒަމީރު އިސްތިޢުފާ ދެއްވީ ޙަވާލުކުރެއްވި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށްފަހު: ރިޔާޒް ރަޝީދު

ޒަމީރު އިސްތިޢުފާ ދެއްވީ ޙަވާލުކުރެއްވި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށްފަހު: ރިޔާޒް ރަޝީދު

ރިޔާޒް ރަޝީދު ފޮޓޯ ،: ސަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 07:06

08 ޖޫން 2026، 07:06

ފިނޭންސް މިނިސްޓަރުގެ މަޤާމުން މޫސާ ޒަމީރު އިސްތިޢުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނާ ޙަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ފާހަގަކޮށްލެވޭ ވިޔަފާރިވެރިޔާ ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ ޒަމީރުގެ މިނިސްޓަރު ކަމުގެ ދައުރުގައި ހޯއްދެވި ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.

ރިޔާޒް ފާހަގަކުރެއްވި ގޮތުގައި، ޒަމީރު ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހަމަޔަކަށް އަޅުއްވައި، ކުރިންވެސް ރާއްޖެއާ ދޭތެރޭ އޮތް ފަދަ އިޙުތިރާމްގެ ގުޅުމެއް އަލުން އުފެއްދެވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

ޒަމީރު ފިނޭންސް މިނިސްޓަރު ކަމާ ޙަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ނާޒުކު ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ، އޭރު އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ އިންޒާރުތައް ދެމުން ދިޔަ ކަމަށެވެ. ނަމަވެސް، އެފަދަ ދަތި ޙާލަތެއްގައިވެސް ދައުލަތުގެ ހަރުމުދާ ނުވިއްކައި، ބޭރުގެ އިތުރު ދަރަންޏެއް ނުނަގައި، ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެތެރެއާއި ބޭރަށް ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ލޯނު ދައްކައި ޚަލާޞްކުރުމަކީ މޫސާ ޒަމީރުގެ ޤާބިލުކަން ކަށަވަރުކޮށްދޭ މުހިންމު ހެއްކެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މިކަމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރި އެކަކު ވެސް ނެތޭބުނުމަކީ ދޮގަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، ޒަމީރު އިސްތިޢުފާ ދެއްވީތީ ހިތާމަކުރާ ޙާލު، އެމަނިކުފާނު ހޯއްދެވި ކާމިޔާބީތަކާމެދު އުފާކުރާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޤައުމަށްޓަކައި އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތަށް ރިޔާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450