Ads by Farudhun

ޚަބަރު

ދުވަސްނުފުރާ ވިހާ ކުދިންނަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފި

ދުވަސްނުފުރާ ވިހާ ކުދިންނަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފި

ޑރ. މުހައްމަދު ފައިސަލް ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖޫން 2026، 11:26

09 ޖޫން 2026، 11:26

ދުވަސްނުފުރާ ވިހާ ކުދިންނަށް ޚާއްސަ ފަރުވާ ދިނުމުގެ ދާއިރާއިން ސަބް-ސްޕެޝަލިޓީ ހާސިލްކުރައްވާފައިވާ ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ފައިސަލް ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.

ޑރ. ފައިސަލް މި ދާއިރާއިން ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ ސްރީލަންކާއިންނެވެ. ކިޔަވައިވިދާޅުވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާތައް ފޯރުކޮށްދިނުމަށްޓަކައި، އޭނާ މިހާރު ވަނީ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފައެވެ. ސަބަބަކީ ދުވަސްނުފުރާ ވިހާ ކުދިންނަށް ޚާއްސަ ފަރުވާ ދިނުމަށް ބޭނުންވާ އެންއައިސީޔޫގެ އެންމެ ވަރުގަދަ ވަސީލަތްތައް ރާއްޖޭގައި ގާއިމްކޮށްފައިވަނީ އެ ހޮސްޕިޓަލުގައި ކަމަށްވާތީއެވެ.

ބޭސްވެރިކަމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. ފައިސަލް އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

އައިޖީއެމްއެޗްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިޓީ ޚިދުމަތްތައް އެ ހޮސްޕިޓަލުން ދަނީ ތައާރަފް ކުރަމުންނެވެ. މީގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ އެކި ކަހަލަ އޮޕަރޭޝަންތައް ވެސް މިހާރު ވަނީ އެ ހޮސްޕިޓަލުގައި ފަށާފައެވެ. ޑރ. ފައިސަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު އައިޖީއެމްއެޗާ ގުޅިވަޑައިގަތުމަކީ، ދުވަސްނުފުރާ ވިހާ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ.
<


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
މ

މަގޭ

09/06/2026 11:38

ބޭހާއި ވަސީލަތް ނެތީސް ޑޮކްޓާރުން ވަކި ކީއްކުރާނީ