Ads by Farudhun

ޚަބަރު

ޖޫން 1 ގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ޖަވާބުދާރީވާނީ އެންސްޕާއިން

ޖޫން 1 ގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ޖަވާބުދާރީވާނީ އެންސްޕާއިން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ފޮޓޯ: އެމްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖޫން 2026، 12:24

09 ޖޫން 2026، 12:24

ބޭސްފަރުވާއާ ގުޅިގެން ދެމުންދިޔަ ވެލްފެއަރ އެހީގެ ކަންކަން އާސަންދައިގެ ދަށަށް ބަދަލުކުރި ނަމަވެސް، މޭ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ކަންކަން އެންސްޕާއިން ނިންމަވަމުން ގެންދަވާނެ ކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސްޕާގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ ވިދާޅުވީ، ވެލްފެއަރގެ ޚިދުމަތްތައް 1 ޖޫން އިން ފެށިގެން އާސަންދައަށް ބަދަލުވެގެން ދިޔަނަމަވެސް، 31 މެއިގެ ނިޔަލަށް ލިބިފައި ހުރި ހުރިހާ އެޕްލިކޭޝަންތަކަކަށް ކުރީގެ އިންތިޒާމުތަކުގެ ތެރެއިން އެންސްޕާއިން ޖަވާބުދާރީވަމުންދާނެ ކަމަށެވެ.

ސުނީތާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހެލްތު އިންޝުއަރެންސްގެ ވެލްފެއަރ ކަންކަން ބަދަލުވި ނަމަވެސް، ރެގިއުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން އެންސްޕާއިން އެ މަސައްކަތްތައް ބަލަމުންދާނެއެވެ. އަދި ނިޒާމަށް ގެންނަންޖެހޭ ރަނގަޅު ބަދަލުތައް ދެނެގަނެ، އެކަންކަން އިޞްލާޙުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކުވެސް އެންސްޕާއިން ހިންގާ އެހެނިހެން އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެހީ.
  • އެކަނިވެރި މައިންބަފައިންނަށް ފޯރުކޮށްދޭ މާލީ އެހީ.
  • ޙާލުގައި ޖެހިފައިވާ ކުދިން ބަލަހައްޓާ ފަރާތްތަކަށްދޭ އެހީ.
  • ފަގީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދޭ މާލީ އެހީ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން ބޭސްފަރުވާގެ ހުރިހާ ޚިދުމަތްތަކެއް "އެއް ފުރާޅެއްގެ ދަށުން" ލިބި، އާންމުންނަށް ކުރިން ދިމާވި އޮޅުންތަކަށް ނިމުމެއް އަންނާނެއެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ލުއިފަސޭހަކަމާއެކު ކަންކަން ހަމަޖެހޭނެކަމުގެ ޔަގީންކަން ދެ މުއައްސަސާއިންވެސް ވަނީ ދީފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450