Ads by Farudhun

ޚަބަރު

ދިވެހި ތާރީޙުގައި އެންމެ ބޮޑު ދަރަންޏެއް ދެއްކެވީ ރައީސް މުޢިއްޒު: ނާޒިމް

ދިވެހި ތާރީޙުގައި އެންމެ ބޮޑު ދަރަންޏެއް ދެއްކެވީ ރައީސް މުޢިއްޒު: ނާޒިމް

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުالله ނާޒިމް އިބްރާޙިމް---

farudhun logo

ފަރުދުން

09 ޖޫން 2026، 10:32

09 ޖޫން 2026، 10:32

ދިވެހިރާއްޖޭގެ ތާރީޙުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅު ހަނދާންކުރެވިގެން ދާނީ، ދައުލަތުގެ ތާރީޙުގައި އެންމެ ބޮޑު ދަރަންޏެއް ދެއްކެވި ވެރިޔާގެ ގޮތުގައިކަމަށް، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުالله ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ނަރުދަމާ އެޅުމާއި، ބަނދަރު ހެދުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޞިއްޙަތާއި، ތަޢުލީމާއި، މިފަދަ ޚިދުމަތްތައް ލިއްބައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެއީ ޤައުމެއް ދެމިއޮތްހާ ހިނދަގު އަބަދުމެ ކުރިޔަށްދާނެ ކަންކަން ކަމުގައެވެ. އަދި ތަރައްޤީ ވެފައިވާ ބޮޑެތި އިޤުތިޞާދުތައް އޮންނަ ޤައުމުތަކުގައި ވެސް ކަން ހިނގަނީ މިގޮތަށްކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

އެހެންނަމަވެސް ޤައުމެއްގެ ރައްޔިތުން އެ ޤައުމެއްގެ ތާރީޙުން ޖާގަދެނީ، ޤައުމުތަކަށް ދިމާވާ ޚައްސާސް ވަގުތުތަކުގައި އެއިރެއްގައި ހުންނަވާ ވެރިއަކު ކެތްތެރިކަމާއެކު ނިންމަވާ ނިންމެވުންތަކުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޤައުމެއްގެ ޙައްސާސް ދަނޑިވަޅުތަކުގައި ކެތްތެރިކަމާއެކު ޤައުމުގެ މުސްތަޤުބަލަށް ވިސްނަވައި، ޤައުމަށްޓަކާ އުނދަގޫ ނިންމެވުންތަކެއް ނިންމަވަން ޖެހުނަސް، ސާބިތުކަމާއެކު އެންމެ އެކަށޭނަ ގޮތް ނިންމަވާ ވެރިންނަކީ މި ޤައުމަށް ބޭނުންވާފަދަ ލީޑަރުންކަމަށް ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ތާރީޙުގައި އެންމެ ބޮޑު ދަރަންޏެއް އަދާކުރެއްވި ވެރިއަކަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައި ވަނީ.

ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުالله ނާޒިމް އިބްރާޙިމް ވިދާޅުވިއެވެ.

މިކަން އިތުރަށް އޮޅުންފިލުވާ ދެއްވަމުން ނާޒިމް ވަނީ ތާރީޙުން މުހިންމު ބައެއް ޞަފްޙާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕޯޗުގީޒުންގެ އަތުން ބޮޑުތަކުރުފާނު މި ޤައުމު ސަލާމަތްކޮށްދިން ވާހަކައަކީ އެންމެ ފާހަގަކޮށްލެވޭ ހާދިސާކަމަށް ވިދާޅުވިއެވެ.

އަދި 1948ވަނަ އަހަރު، މުޙައްމަދު އަމީންގެ ބޮޑު ވަޒީރު ކަމުގައި ދިވެހިން ބޭރުގެ ފަރާތްތަކަށް ދައްކަމުން ދިޔަ ޖިޒީ ދެއްކުން ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެކަން ނިމުމަކަށް ގެނަސްފައިވާއިރު، އެފަދަ ކަންކަމަކީ ދިވެހި ތާރީޙުން ދުވަހަކު ވެސް ފޮހެނުލެވޭނެ ކަންކަން ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ޤައުމުގެ ހަޔާތެއްގައި އެންމެ އަނދިރި ޞަފްޙާތައް ލިޔުއްވާ ވެރީންގެ ހަނދާންތަކަކީ ހިތި ހަނދާންތަކެއް ކަމަށާއި، މި ޤައުމުގައި އެފަދަ ދުވަސްތަކެއް ވެސް ވެރިކަން ކުރެއްވި ބައެއް ފަރާތްތަކުން ގެންނެވި ކަމަށެވެ. އެގޮތުން ޖީއެމްއާރަށް މި ޤައުމުގެ މައިދޮރާށި ވިއްކާލި ގޮތަކީ ހަނދާނުން ނައްތާލައިގެން ނުވާނެ ހާދިސާއެއް ކަމަށާއި، ހަމައެހެން މި ޤައުމުގެ ކަނޑުން ބައެއް ވިއްކާލުމަކީ ވެސް ބޮޑެތި ގެއްލުންތަކެއް ޤައުމަށް ލިބުނު ކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެ ބަނގުރޫޓު ވާނެކަމަށް އިދިކޮޅުން ބުނަމުން ދިޔައިރު، ދުނިޔޭގެ ބޮޑެތި އެޖެންސީތަކުން މިއަދު ބުނަމުން ގެންދަނީ މި ޤައުމު އިޤުތިޞާދީ ގޮތުން ކުރިއެރުންތައް ހޯދަމުންދާކަންކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450