ކުޅިވަރު / ޚަބަރު

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ "ވޮޗް ޕާޓީ" ޔޫތު ހަބްގައި

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ "ވޮޗް ޕާޓީ" ޔޫތު ހަބްގައި

"ވޮޗް ޕާޓީ" ގެ ޕޯސްޓަރ ފޮޓޯ؛ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖޫން 2026، 09:42

10 ޖޫން 2026، 09:42

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ދިވެހި ސަޕޯޓަރުންނަށް ކުލަގަދަކޮށް ގެނެސްދިނުމުގެ ގޮތުން، "ޔޫތު ހަބް ވޮޗް ޕާޓީ" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކުރާ މި ހަރަކާތް ކުރިއަށްދާނީ 2026 ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ. މީގެ މަގްސަދަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، އެއް ފުރާޅެއްގެ ދަށުން އެކުވެރި މާހައުލެއްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ހަރަކާތުގެ މުހިންމު ބައިތައް:

  • ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވަގުތުން ބޮޑުސްކްރީނުގައި ދެއްކުން.
  • ވަނުނަ މުޅިން ހިލޭ .
  • މެޗު ބަލަން އަންނަ ފަރާތްތަކަށް ހިލޭ ބުއިމާއި ލުއިކާނާ ލިބުން.
  • ކުޅިވަރުގެ ފޯރިގަދަ ހަރަކާތްތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުން.
  • ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ އިޖުތިމާއީ މާހައުލެއް ގާއިމުކުރުން.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި އިނީޝިއޭޓިވްގެ ސަބަބުން ފުޓްބޯޅައަށް އޮތް ލޯބި ބަދަހިވެ، ހުރިހާ އުމުރުފުރައެއްގެ ސަޕޯޓަރުންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއްގައި މެޗުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މުއްދަތުގައި ޔޫތު ހަބް ބަދަލުވެގެންދާނީ ފުޓްބޯޅައިގެ ފޯރިގަދަ މަރުކަޒަކަށެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ މީޑިއާ ޕާޓްނަރުންނާއި އެކި ކޯޕަރޭޓް ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ވޯލްޑް ކަޕް ވިއުއިންގް އެކްސްޕީރިއަންސަށް ވާނެ ކަމަށް ބެލެވެއެވެ.
"ފުޓްބޯޅައިގެ ފޯރި އެންމެ ގަދަވާނީ އެންމެން އެކުގައި ތިބެގެން،" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވުމަށް ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންނަށް މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ. 




Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450