ޚަބަރު
ކަނޑުފަޅު ހިމާޔަތްކުރަން ޖައްވީ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަޝްވަރާކޮށްފި
މިނިސްޓަރު ޢަލީ ޝަރީފް، މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމް.އެސް.އާރު.އޯ) އާއެކު ކުރިއަށްދިޔަ ބައްދަލުވުން ފޮޓޯ؛ ވުޒާރާާ
ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ޖައްވީ ތަފާސްހިސާބާއި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓަރު ޢަލީ ޝަރީފް، މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމް.އެސް.އާރު.އޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅުމާއި، އެ ސަރަހައްދުތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި ޖައްވީ މައުލޫމާތު ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. ވަކިން ހާއްސަކޮށް، ސެޓެލައިޓް މެދުވެރިކޮށް ލިބޭ މައުލޫމާތުގެ އެހީގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށީގެ ނިޒާމުތައް މެނޭޖްކުރުމަށް ހުރި ފުރުސަތުތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.
މީގެ އިތުރުން، މިނިސްޓްރީއާއި އެމް.އެސް.އާރު.އޯ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެ ތެރޭގައި ދެ ފަރާތުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
Minister Ali Shareef met with the Maldivian Space Research Organisation (MSRO) for an in-depth discussion on leveraging space data to establish, monitor, and enforce Marine Protected Areas (MPAs). The meeting also focused on exploring new avenues for collaboration and… pic.twitter.com/7IQX8XKU8D
— Min. of Climate Change, Environment and Energy, MV (@MoEnvmv) June 10, 2026