ވިޔަފާރި / ޚަބަރު
ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި
ހިޔާ ޓަވަރު ފޮޓޯ: ގޫގުލް
ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ހިޔާ ޓަވަރުތަކުން ބައެއް ވިޔަފާރި ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިންގ ފެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޢުލާންކޮށްފިއެވެ.
އެޗްޑީސީން 8 ޖޫން 2026 ގައި ކުރި އިޢުލާނެއްގައިވާ ގޮތުން، "އޯޕަން މާކެޓް ޑިމާންޑް" އިނީޝިއޭޓިވްގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ކޮމާޝަލް ސަރަޙައްދުގެ ދެ ޔުނިޓެކެވެ. އެއީ 546.27 އަކަފޫޓުގެ HIYI2-G-02 ޔުނިޓާއި، 554.66 އަކަފޫޓުގެ HIYI0-G-03 ޔުނިޓެވެ.
މި ޔުނިޓްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި 14:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. އަދި ހުށަހަޅާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރު 14:00 ގައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯޒަލް މީޓިންގް 14 ޖޫން 2026 ގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެއްވެސް ސުވާލެއް އޮތް ނަމަ 17 ޖޫން 2026 ގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސުވާލުތަކުގެ ޖަވާބު 21 ޖޫން 2026 ގައި އެޗްޑީސީގެ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.
އެޗްޑީސީން ބުނިގޮތުގައި، މިކަމާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރްއެފްޕީ) ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުންނާއި އެޗްޑީސީ ޕްރޮޕަޓީޒް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ކަންކަން ސާފުކުރުމަކީ ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް އެޗްޑީސީން ހަނދާންކޮށްދެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
Lease of Units for Open Market Demand from Hiya Commercial
— Housing Development Corporation (@hdcmaldives) June 9, 2026
Read more: https://t.co/MtKKi5oboh #withHDC #ProjectswithHDC #SeatoSilverShores#HDC25 pic.twitter.com/hREmuu1vcO