Ads by Farudhun

ޚަބަރު

މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ދަށުން ފްލެޓަށް ހުށަހެޅޭނެ

މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ދަށުން ފްލެޓަށް ހުށަހެޅޭނެ

ހުޅުމާލެ ފޭސް 2---

farudhun logo

ފަރުދުން

10 ޖޫން 2026، 09:27

10 ޖޫން 2026، 09:27

މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ދަށުން ފްލެޓަށް އެދި ހުށަހެޅޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީގެ ދަށުން މައިމުޅަވެފައިވާ ފަރާތުގެ އިތުރުން، މައިމުޅަވެފައިވާ ކުދިންގެ މައިންބަފައިންނަށް ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އަދި އެޕްލިކޭޝަން ހުށަހެޅުމަށް އެންމެ ފަހުން ކަނޑައަޅާފައިވާ ސުންގަޑިއަކީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފޯމު ހުށަހެޅުމުގެ ކުރިން، އެ ބޭފުޅަކު އެދޭ ސްކީމަކީ ރަނގަޅު ސްކީމްތޯ އާއި ހުރިހާ ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓު ދޫކުރުމަށް 15 ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި:

މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓު (މީގެ ތެރޭގައި މާލޭގެ ގެތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2,200، ވިލިމާލޭގެ ރަޖިސްޓްރީއަށް 300، ދަފްތަރުގައި ތިބި ފަރާތްތަކަށް 1,000، އަދި ފަހުން މާލޭގައި ރަޖިސްޓްރީވި ފަރާތްތަކަށް 500 ފްލެޓު ހިމެނެއެވެ.
މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށުގެ ރަށްވެހިންނަށް: 1,500 ފްލެޓު.
އަދި ގޯތި ދޫކުރުމުގެ މަޝްރޫޢު ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ކެޓަގަރީ 1 ގައި ހިމެނޭ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުންނާއި މިހާރު ހިއްކަމުންދާ ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން (ކެޓަގަރީ 2) އަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދުތަކަކީ:

މާލޭ ރަށްވެހިންގެ ކެޓަގަރީން: 10,000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް: 3,000 ގޯތި
ބިން ކުޑަވުމުގެ ސަބަބުން ގެދޮރު ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް: 500 ގޯތި
ހަނި ގޯޅިތަކުގައި ހުރި ދަތި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް: 1,500 ގޯތި

މި ސްކީމްތަކަށް އެދި ފޯމު ހުށަހަޅަންޖެހެނީ ހައުސިން މިނިސްޓްރީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450