Ads by Farudhun

ޚަބަރު

ޙާއްޞަ އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޙާއްޞަ އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސ.ނ 4702) ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖޫން 2026، 09:18

11 ޖޫން 2026، 09:18

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު، ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް (ސ.ނ 4702) އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައެވެ. މި އޮޕަރޭޝަނުގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން އާސިފް ގެއްލިފައިވާކަން ފާހަގަކުރެވުނީ ދަންވަރުގެ ވަގުތެއްގައެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. އާސިފް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާގެ ހަށިގަނޑު ވަނީ ވަގުތުން އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ އާއިލާއަށް ތަޢުޒިއާ ދަންނަވާފައެވެ. ފުލުހުން ވިދާޅުވީ އާސިފްގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް މި ދަނޑިވަޅުގައި ބޭނުންވާ އެހީތެރިކަމާއި އިޖުތިމާއީ އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450