Ads by Farudhun

ޚަބަރު

ޒަކާތު ހައުސްއިން ބޮލަކަށް 5،500 ރުފިޔާ ބަހައިފި

ޒަކާތު ހައުސްއިން ބޮލަކަށް 5،500 ރުފިޔާ ބަހައިފި

ޒަކާތް ދެއްކުން / މޯލްޑިވްސް ޒަކާތު ހައުސް

11 ޖޫން 2026، 03:31

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދެވެ.

މުދަލު ޒަކާތް ބަހާފައިވާއިރު 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންގެ ދަފްތަރުގައި 2،384 މީހަކު ރެޖިސްޓަރވެފައި އޮތެވެ. އެހެންކަމުން މި ހުރިހާ ފަރާތްތަކަށް ވެސް ވަނީ ޒަކާތު ފައިސާ ބަހާފައެވެ.

އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 13,112,000  (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ވަނީ ފަގީރުންނާއި މިސްކީނުންނަށް ބަހާފައެވެ.

މީރާއާއި އިސްލާމީ ކަންރައްތަކާ ބެހޭ ވުޒާރާއާ ދެމެދު ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އައީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރީޓީ (މިރާ)އިންނެވެ. އޭގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންކަމަށެވެ. އަދި އޭގެ ކުރިން އެ މަސައްކަތް ބަލަހައްޓަމުން ދިޔައީ އިސްލާމީ ކަންތައްތައް ތަކާ ބެހޭ މަތީ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ.

އަދި ޒަކާތުގެ ޤާނޫނަށް ގެނައި ބަދަލާއެކު ޤާނޫނީ ހައިސިއްޔަތާއެކު މިރާއާ ޒަކާތުގެ މަސްއޫލިއްޔަތު ހަވާލުކުރެވިގެން ދިޔައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450