Ads by Farudhun

ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

11 ޖޫން 2026، 03:55

11 ޖޫން 2026، 03:55

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

މި މަޤާމަށް އެދި ހުށަހެޅޭނީ މިއަދުން ފެށިގެން 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން، މަޤާމަށް ކުރިލުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޯމު ހުށަހެޅޭނެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލްފާޟިލް ޙަސަން ޒަރީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. ޙަސަން ޒަރީރު އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450