Ads by Farudhun

ޚަބަރު

މީދޫގެ ރައީސަކަށް ކުރިމަތިލާފައިވާ ސުހާގެ ވަޢުދުތައް ހުރިހާ ފަންތިއެއްގެ ރައްޔިތުންނާ ގުޅިފައި

މީދޫގެ ރައީސަކަށް ކުރިމަތިލާފައިވާ ސުހާގެ ވަޢުދުތައް ހުރިހާ ފަންތިއެއްގެ ރައްޔިތުންނާ ގުޅިފައި

މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ސުހާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު---

farudhun logo

ފަރުދުން

11 ޖޫން 2026، 08:28

11 ޖޫން 2026، 08:28

ދ. މީދޫ ކައުންސިލްގެ ރައީސަކަށް ކުރިމަތިލާފައިވާ ސުހާ އިބްރާހިމްގެ ވަޢުދުތައް އެ ރަށު ހުރިހާ ފަންތިއެއްގެ ރައްޔިތުންނާ ވަނީ ގުޅިލާމެހިފައެވެ. 

މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަމުން ސުހާ ހާމަކޮށްފައިވާ ގޮތުގައި، އޭނާ އެ މަޤާމަށް ނިކުތުމަށް ނަމޫނާއަކަށް ބެލި ޝަޙްސިއްޔަކީ، މީދޫއަށް ނިސްބަތްވާ ރައީސުލްޖުމްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި މެޑަމްއަކީ ރަށުގެ އިސް މަޤާމުތަކަށް އަންހެނުން ނިކުތުމުގެ އިންސްޕިރޭޝަންގެ ގޮތުގައި ސުހާ ވަނީ ސިފަކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަމުން ސުހާ ބުނީ، ކައުންސިލްގެ ރައީސެއްގެ ގޮތުގައި އޭނާގެ އަމާޒަކީ މީދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ތަރައްޤީގެ މުހިންމު މަސައްކަތްތައް ކޮށްދިނުން ކަމަށެވެ. 

އެގޮތުން ސުހާގެ ދައުރެއްގައި އިސްކަންދޭނެ މުހިންމު ކަންތައްތަކަށް އަލިއަޅުވާލަމުން ބުނީ، ޒަމާނީ ފެރީ ޓާރމިނަލެއް ބިނާކުރާނެ ކަމަށާއި، ރަށުގެ އިސްރަށްވެހިންނަށް އިސްރަށްވެހިންގެ މައިޒާނެއް ޤާއިމުކޮށްދޭނެ ކަމަށެވެ. 

އަދި މީދޫއަކީ މަސްވެރި ރަށަކަށްވާއިރު، އެ ރަށުގައި މަސް ޖެޓީއެއް ޤާއިމް ކުރުމާއެކު، ރަށުގެ ބަނދަރު ސަރަޙައްދު ރީ-ޑިޒައިންކޮށް ފުރިހަމަ ވަސީލަތްތަކަކާއެކު ތަރައްޤީ ކޮށްދެއްވާނެކަން ވެސް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން މީދޫގައި ރަށު ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގެސްޓު ހައުސްތަކަށް ޚާއްސަ ސަރަޙައްދެއް ކަނޑައަޅައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެ ރަށުގައި އިންވެސްޓްކުރެވޭނެ ގޮތަށް ހުޅުވާލާނެކަން ވެސް ފާހަގަކުރިއެވެ. 

ހަމައެއާއެކު މީދޫގެ އޮފީސް ކުރިން ހުރި ސަރަހައްދުގައި 20 ކޮޓަރީގެ ސިޓީ ހޮޓަލެއް ޤާއިމްކުރާނެކަމަށާއި، ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯދައިދޭނެކަމަށް ބުންޏެވެ. 

އަދި ކުޅިވަރާއި ދުޅަހެޔޮކަމުގެ ޕްރޮގްރާމްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކޮށްދެއްވާނެކަންކަން ވެސް ހާމަކުރިއެވެ. އެގޮތުން ކައުންސިލްގެ ބަޖެޓުން ދަނޑުތަކަށް ކަރަންޓު ގުޅައިދޭނެކަމަށް ބުންޏެވެ. މީގެއިތުރުން ޞިއްޙީ ދާއިރާ އާއި ކުނި މެނޭޖުކުރުމާއި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރިއެވެ. 

އަދި ޚާއްޞަ ކަމެއްގެ ގޮތުން ކައުންސިލް ޑިޖިޓަލައިޒްކޮށް، ކައުންސިލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގު ފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ. 

މިކަންކަން ސުހާއަށް ވާނެކަމުގެ ހެއްކަކީ، މީގެ ކުރިން ރަށު ތަރައްޤީއަށް އިސްކަންދީގެން ގިނަ ކަންތައްތަކެއް ކޮށްދީފައިވުންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ސަރުކާރާ ގުޅިގެން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީ ގެނައުމަށް ސުހާއަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450