Ads by Farudhun

ޚަބަރު

އިންޑިއާ ސަރުކާރުން ރާއްޖެއަށް 20 ހާސް ޑޯސްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް 20 ހާސް ޑޯސްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް 20 ހާސް ޑޯސްގެ ހިމަބިހި ވެކްސިން ހަދިޔާކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 10:01

12 ޖޫން 2026، 10:01

ރާއްޖޭގައި މިދުވަސްވަރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން އާއި މެޑިކަލް ކޮންސިއުމަބަލްސް އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.

މި އެހީގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ އެމް.އާރް ވެކްސިންގެ 20،000 (ވިހި ހާސް) ޑޯސް އާއި، ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން މި ބަލި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާނެ މެޑިކަލް ސާމާނު ހަދިޔާކޮށްފައެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބަލަސުބްރަމާނިއަމް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ގީލާ އަލީ ވަނީ، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ވަގުތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މި ދީލަތި އެހީއަށްޓަކައި އިންޑިއާ ސަރުކާރަށާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މި މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވެދެއްވި އެހީތެރިކަމަށްޓަކައި އެ ވުޒާރާއަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އެހީއަކީ ރާއްޖޭގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ބާރެއް ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450