ދުނިޔެ
ދެ ހަފުތާ ތެރޭގައި އީރާނުގެ މައްޗަށް "ފުރިހަމަ ކާމިޔާބީއެއް" ހޯދާނަން - ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ފޮޓޯ: އޭބީސީ ނިއުސް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި "ފުރިހަމަ ކާމިޔާބީއެއް" ހޯއްދަވައި އެކަން އިޢުލާނު ކުރާ ކަމަށް ބުނެިފއެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ އޭނާގެ ގާތް ސިޔާސީ އެކުވެރިއެއް ކަމަށްވާ ސެނެޓަރ ލިންޑްސޭ ގްރަހަމްގެ ކެމްޕޭން ރެލީއެއްގައި ފޯނުން ދެއްކެވި ވާހަކައިގެ ތެރޭގައެވެ.
ޓްރަމްޕް ބުނި ގޮތުގައި އޭނާގެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، މިހާރުވެސް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކުރިލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ކުރިމަތިލުންތަކުން މުޅިން މޮޅުވެ، ފުރިހަމަ ކާމިޔާބީ އިޢުލާނު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މި ކާމިޔާބީއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދައްކާފައި މިވަނީ، އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ މިދިޔަ އޭޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ.
އީރާނުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުރިއަށް ގެންދާނަމަ، އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.