ކުޅިވަރު / ދުނިޔެ

އިންގްލެންޑް ޓީމުގެ ތަމްރީނު އިކުއިޕްމެންޓާއި ކުޅުންތެރިންގެ ބޫޓުތަކެއް ވަގަށް ނަގައިފި

އިންގްލެންޑް ޓީމުގެ ތަމްރީނު އިކުއިޕްމެންޓާއި ކުޅުންތެރިންގެ ބޫޓުތަކެއް ވަގަށް ނަގައިފި

އިންގްލެންޑް ޓީމުން ކުރިޔަށްގެންދިޔަ ފަރިތަކުރުމުގެ ސެޝަނެއްގެ ތެރެއިން / ފޮޓޯ: ގެޓީ އިމޭޖަސް

13 ޖޫން 2026، 03:28

ވޯލްޑް ކަޕަށް އެމެރިކާއަށް ގޮސް ތިބި އިންގްލެންޑް ފުޓުބޯޅަ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރާ ބައެއް ސާމާނާއި ބޫޓުތަކެއް ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، އިންގްލެންޑުން ވޯލްޑް ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔަ ފްލޮރިޑާއިން، އެ ޓީމު މުބާރާތުގެ ތެރޭގައި މަޑުކުރަން ހަމަޖެހިފައިވާ ކަންސާސް ސިޓީއަށް އެ ތަކެތި ބަދަލުކުރުމުގެ ތެރޭގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯޅަ އާއި ބޫޓެވެ. އެހެންކަމުން މި މައްސަލަ ބަލަމުންދާކަމަށް ކަންސާސް ސިޓީގެ ޕޮލިހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި ހާދިސާއާ ގުޅިގެން އިނގިރޭސި ޓީމުގެ ފަރިތަކުރުންތަކަށް ބުރޫ އަރައިފިނަމަ، ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނަ މެޗަށް ރަނގަޅަށް ތައްޔާރު ނުވެވިދާނެކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންގްލެންޑް ޓީމުން މުބާރާތުގެ ތެރޭގައި ޤާއިމްވެ ތިބުމަށް ހަމަޖެހިފައިވާ ކަންސާސް ސިޓީއަށް ދިއުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ. އެ ޓީމުން ފްލޮރިޑާގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ނިއުޒީލޭންޑާއި ކޮސްޓާ ރިކާއަށް ދެކޮޅަށް ވަނީ އެކުވެރުކަމުގެ މެޗުތަކެއް ކުޅެފައެވެ. 

އިންގްލެންޑްގެ އިތުރުން އަލްޖީރިއާ، އައިޖެންޓީނާ އަދި ނެދާލޭންޑް ވެސް މަޑު ކުރާނީ ކޮންސާސް ސިޓީގައެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450