Ads by Farudhun

ޚަބަރު

މީދޫ ކައުންސިލް ރައީސް އިންތިޚާބު، ގަޑި ހަމަވެ ވޯޓުފޮށި ބަންދުކޮށްފި

މީދޫ ކައުންސިލް ރައީސް އިންތިޚާބު، ގަޑި ހަމަވެ ވޯޓުފޮށި ބަންދުކޮށްފި

މީދޫ ކައުންސިލް ރައީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުުތު. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2026، 04:49

13 ޖޫން 2026، 04:49

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން ނިންމާލުމަށްފަހު، ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ވޯޓު ފޮއްޓެއްވެސް ވަނީ ކަނޑައެޅިފައިވާ ގަޑިއަށް ބަންދުކޮށްފައެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބަށް ޖުމްލަ ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން ދ. މީދޫގައި ހުންނަ ދ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުން ވޯޓުލުމަށް ދަރުމަވަންތަ ސްކޫލުގައި އެއް ފޮށި ބަހައްޓާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1049 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރެއިން މީދޫގައި ވޯޓުލުމަށް 587 މީހުން ރަޖިސްޓްރީވެފައިވާއިރު، މާލޭގައި ވޯޓުލުމަށް 462 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ ވޯޓު ކަރުދާހެއް ސައްޙަ ކަމަށް ކޯޓުން ކުރި ޙުކުމަކާ ގުޅިގެން، ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވުމުންނެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެނޑިޑޭޓަކާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެނޑިޑޭޓެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450