ޚަބަރު
މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކޮށްފި
މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވި ސުހާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު---
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓު ސުހާ އިބްރާހިމް ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ކެނޑިޑޭޓު ވަނީ 54.1 އިންސައްތަ ވޯޓު ހޯދާފައެވެ. އަދި އެ ކެނޑިޑޭޓު ވަނީ މި އިންތިހާބުގައި މީދޫގައި ބެހެއްޓި ދެ ފޮށްޓާއި މާލޭގައި ބެހެއްޓި ވޯޓު ފޮށިން ވެސް ކުރި ހޯދާފައެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ވަނީ 93.9 އިންސައްތަ މީހުން ނިކުމެފައެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.