ދުނިޔެ

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

އިންޑިއާގެ އަސްކަރީ ބޯޓެއް ވެއްޓުން. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2026، 10:43

13 ޖޫން 2026، 10:43

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި، އެ ގައުމުގެ އެއާފޯސްގެ މަތިންދާބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.

އިންޑިއާގެ އެއާފޯސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންޓޮނޯވް އޭއެން-32 (An-32) މަރުކާގެ މި ޓްރާންސްޕޯޓް މަތިންދާބޯޓު ހާދިސާ ދިމާވީ އާސާމްގެ ޖޯރްހަތު ސަރަހައްދުގައި ކުރިއަށްދިޔަ އާދައިގެ ދަތުރެއްގެ ތެރެއިންނެވެ.

އިންޑިއާގެ ނިއުސް ޗެނަލެއް ކަމަށްވާ އެންޑީޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާއިރު، ބޯޓު އޮތީ ބުރިބުރިވެފައެވެ.

އިންޑިއާގެ އެއާފޯސްގައި މީހުންނާއި މުދާ އުފުލުމަށް މި ބާވަތުގެ ގާތްގަނޑަކަށް 105 މަތިންދާބޯޓު ބޭނުންކުރަމުންދެއެވެ. މިއީ ދެ އިންޖީނުލީ ޓާބޯޕްރޮޕް މަތިންދާބޯޓެކެވެ.

މި ބާވަތުގެ ބޯޓެއް އެންމެ ފަހުން ބޮޑު ހާދިސާއެއްގައި ބައިވެރިވެފައިވަނީ 2019 ވަނަ އަހަރު، ޗައިނާ ބޯޑަރު ކައިރީގައި އޮންނަ އަރުނާޗަލް ޕްރަދޭޝްގައެވެ. އެ ހާދިސާގައި 13 މީހުން މަރުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450