Ads by Farudhun

ޚަބަރު

ވޯލްޑް ކަޕުގެ ފޯރިއާއެކު ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ވޯލްޑް ކަޕުގެ ފޯރިއާއެކު ސްކޭމްތައް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްކޭމް އެލަރޓް ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 10:12

14 ޖޫން 2026، 10:12

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ވޯލްޑް ކަޕާ ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދުމާއި ތަކެތި ވިއްކުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ ތަކެތި ވިއްކާ ކަމަށް ބުނެ އޮޅުވާލަމުންދާ ޓިކްޓޮކް އެކައުންޓެއްގެ މައްސަލަ ފާހަގަކޮށް، އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

މިކަމާ ގުޅޭގޮތުން އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ސްކޭމްގެ ކުށްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. ޚާއްސަކޮށް ރަމަޟާން މަހާއި، ސްކޫލު ބަންދު ދުވަސްވަރުގެ އިތުރުން އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށްދާ ދުވަސްވަރަކީ ސްކޭމަރުން އެންމެ ބޮޑަށް ތައްޔާރުވާ ދަނޑިވަޅުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު މިއޮތީ ވޯލްޑް ކަޕް ދުވަސްވަރު ފެށިފައި. ސްކޭމަރުން މި ދުވަސްވަރު މިކަހަލަ ފޯރި ނަގާ ދުވަސްވަރުތަކުގައި އެ ފަރާތްތަކުން އެބަ ރުކުރުވާލާ،

      ނަވީދު 

ނަވީދު އިތުރަށް ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕުގެ މެޗުތައް ބަލާ ގަޑިތަކުގައި ގޭގޭގައި ތިބެގެން ކެވޭނެ ފަދަ ލުއި ކާނާއާއި، ދިވެހިންނަށް ކަމުދާ ކާބޯތަކެތީގެ އިޝްތިހާރުތައް މީސްމީޑިއާގައި ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ހޯދުމަށް ސްކޭމަރުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޓީމުތަކުގެ ޖޯޒީތައް އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ އެއްވެސް ޚިދުމަތެއް ނުވަތަ މުދަލެއް އަތަށް ނުލިބެނީސް ފައިސާ ނުދެއްކުން ކަމަށް ނަވީދު އިރުޝާދު ދެއްވިއެވެ.

 އެއްވެސް ޕްރޮމޯޝަނެއްގައި ބައިވެރިވާކަށް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. ޖާޒީއެއް ގަތަސް އެނޫން އެއްޗެއް ގަތަސް ހަނދުމަފުޅު ބަހައްޓަވާ ފައިސާ ދައްކާނީ މުދާ އަތަށް ލިބުނީމަ

ނަވީދު

ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަށް އަލިއަޅުވާލައްވަމުން ނަވީދު ވިދާޅުވީ، ކަމެއް ވަރަށް އަވަސްކުރަން ޖެހިފައިވާ ކަމަށް ދެއްކުމަކީ އެފަރާތްތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްޙަ ފަރާތެއްތޯ ކަށަވަރު ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވޯލްޑް ކަޕް ފެށުނު ދުވަހު ފާހަގަކުރެވުނު އެކައުންޓުގެ އިތުރުންވެސް، ސްކޭމް ހިންގާ އިތުރު އެކައުންޓުތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ އެކައުންޓުތައް ބަންދުކޮށް މިހާރު އެ މައްސަލަތައް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ ސްކޭމްތައް އިތުރުވުން އެކަށީގެންވެއެވެ. އެހެންކަމުން ކޮންމެ މުއާމަލާތެއް ކުރުމުގެ ކުރިންވެސް އެއީ ކޮން ފަރާތެއްތޯ ޔަޤީންކޮށް، އަމިއްލަ މައުލޫމާތާއި ފައިސާ ރައްކާތެރިކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450