Ads by Farudhun

ޚަބަރު

ކަނޑުމަގުން މުދާ ބޭރުކުރުމުގެ ކްލިއަރެންސް މަރުހަލާއަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވޭ: ކަސްޓަމްސް

ކަނޑުމަގުން މުދާ ބޭރުކުރުމުގެ ކްލިއަރެންސް މަރުހަލާއަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވޭ: ކަސްޓަމްސް

ކޮންޓެއިނަރ އުފުލުން ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 11:03

14 ޖޫން 2026، 11:03

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކުރިއަށްގެންދިޔަ "ޓައިމް ރިލީޒް ސްޓަޑީ 2025" ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި، ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ އެކި މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވެއެވެ.

މި ދިރާސާގައި މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ގުނަން ފަށާފައިވަނީ ކަސްޓަމްސްއަށް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށެވެ. އެގޮތުން، މި މުޅި މަރުހަލާއަށް އެވްރެޖްކޮށް ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ފާހަގަކުރާ ގޮތުގައި، މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަތުމެވެ.

ދިރާސާގެ މުހިންމު ހޯދުންތައް:

  • ޑިކްލަރޭޝަން އަދި ފައިސާ ދެއްކުން: ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓް ނިމުމަށް 15 ގަޑިއިރާއި 6 މިނެޓު ހޭދަވާއިރު، ފައިސާ ދެއްކުމުގެ މަރުހަލާއަށް 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ.
  • އޮފް-ޝޯ މަރުހަލާ: އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު، އަދި އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓު ހޭދަވެއެވެ.
  • އިންސްޕެކްޝަން: ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތަކަށް އެވްރެޖްކޮށް 1 ދުވަހާއި، 9 ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ.
  • ބުކިން އަދި ބޯޓު ފުރުން: ބުކިން ފޯމަށް ހުއްދަ ލިބުމަށް 1 ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް 2 ދުވަހާއި، 12 ގަޑިއިރާއި، 3 މިނެޓު ހޭދަވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގެ ހޯދުންތަކާއެކު، ރާއްޖޭގެ އެކްސްޕޯޓް މަރުހަލާ އިތުރަށް ހަލުވިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވިގެންދާނެ ކަމަށް ކަސްޓަމްސްއިން އުންމީދު ކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
÷

÷ޕ0

14/06/2026 11:44

ޕ0