ދުނިޔެ

އީލޮން މަސްކް: ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރެއްގެ ދަރަޖަ ހޯދައިފި

އީލޮން މަސްކް: ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރެއްގެ ދަރަޖަ ހޯދައިފި

އިލޯން މަސްކް ފޮޓޯ:އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 12:07

14 ޖޫން 2026، 12:07

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އީލޮން މަސްކް، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރެއްގެ ދަރަޖަ ހޯދައި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. މަސްކް މި ޝަރަފު ހޯދާފައިވަނީ ހުކުރު ދުވަހު އޭނާގެ ޖައްވީ ދިރާސާތަކާ ބެހޭ ކުންފުނި، ސްޕޭސް އެކްސް ގެ ހިއްސާ ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު، އެ ކުންފުނީގެ ހިއްސާގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ.

ބްލޫމްބާގްގެ ހިސާބުތަކުން ދައްކާގޮތުގައި، ސްޕޭސް އެކްސްގެ ހިއްސާއެއް 135 އެމެރިކާ ޑޮލަރުގެ ރޭޓުން ބާޒާރަށް ނެރުމާއެކު، އީލޮން މަސްކްގެ މިލްކިއްޔާތު މިހާރު ވަނީ 1.11 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓުގެ ކުރީގައި ތިބި އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް އާއި، ގޫގުލްގެ ފައުންޑަރުން ކަމަށްވާ ލެރީ ޕޭޖް އަދި ސާޖީ ބްރިންގެ އިތުރުން ފްރެންޗް ލަގްޒަރީ ގްރޫޕް އެލް.ވީ.އެމް.އެޗް  ގެ ވެރިޔާ ބާނާޑް އާނޯލްޓަށް ވުރެ މާ ކުރިއަށް ޖެހިލާފައެވެ.

ޓެކްނޮލޮޖީގެ ދާއިރާއަށް 1990 ގެ އަހަރުތަކުގެ ފަހުކޮޅު ނުކުތް މަސްކްގެ މި މާލީ ކުރިއެރުމަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އައި ބޮޑު ބަދަލެކެވެ. އެގޮތުން ޖެނުއަރީ 2020 ގައި އޭނާއަކީ ދުނިޔޭގެ 35 ވަނަ މުއްސަނދިޔާއެވެ. އެ ދުވަސްވަރު އޭނާގެ މިލްކިއްޔާތުގައި ހުރީ ގާތްގަނޑަކަށް 28 ބިލިއަން ޑޮލަރެވެ. ނަމަވެސް، އޭނާގެ ބޮޑު ހިއްސާއެއް އޮންނަ އިލެކްޓްރިކް ކާރު އުފައްދާ 'ޓެސްލާ' އާއި 'ސްޕޭސް އެކްސް' ކުންފުނީގެ އަގު ހަލުވިކަމާއެކު އުފުލެން ފެށުމުން، އޭނާގެ މުއްސަނދިކަން ވަނީ އާދަޔާޚިލާފު ދުވެއްޔެއްގައި އިތުރުވެފައެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި މަސްކްގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މި ދަތުރުގައި ޓެސްލާގެ ހިއްސާގެ އަގަށް އައި ބަދަލުތަކާއި، ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި އޭނާ އަދާކުރި ދައުރާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރަށް އައި ބަދަލުތަކުގެ ސަބަބުން، އޭނާގެ މުއްސަނދިކަން ވަނީ އެކި ފަހަރު މަތިން އުފުލި އަދި ދަށަށް ގޮސްފައެވެ. އެހެންނަމަވެސް، ސްޕޭސް އެކްސްގެ މި ކާމިޔާބީއާއެކު އޭނާ މިވަނީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރުގެ ލަގަބު ކަށަވަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450