Ads by Farudhun

ޚަބަރު

ވައިކަރަދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ވައިކަރަދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ވައިކަރަދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

14 ޖޫން 2026، 07:52

14 ޖޫން 2026، 07:52

ހދ. ވައިކަރަދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދިވެހި ފުލުހުންގެ ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރިއަށްދާ މަޝްރޫއެކެވެ.

މި މަސައްކަތް ފެށުމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ފަސޭހަވެގެންދާނެކަމަށް ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު، އާންމުންނާއި ގާތުން ޚިދުމަތް ދިނުމަށް ފުލުހުން މިހާރު އެންމެ ބޮޑަށް ޕްރެކްޓިސްކުރަމުންދާ ކޮމިއުނިޓީ ޕޮލިސިންއަށް ވެސް މިކަމުން އިތުރު ބާރެއް ލިބި، އެ މޮޑެލް އިތުރަށް ފަރިތަކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ. 

ވައިކަރަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވަނީ މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450