Ads by Exprox

ޚަބަރު

މުރައިދޫގޭގެ ޑީޖޭގެ މަޤާމަށް އަޝްފާޤް ހަމަޖައްސައިފި!

މުރައިދޫގޭގެ ޑީޖޭގެ މަޤާމަށް އަޝްފާޤް ހަމަޖައްސައިފި!

ޢަލީ އަޝްފާޤް. ފޮޓޯ: ދި އެޑިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 03:31

03 ސެޕްޓެމްބަރު 2024، 03:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ހަމަޖައްސައިފިއެވެ. 

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެފައިވަނީ، މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް އަޝްފާޤް އައްޔަން ކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ކަމަށެވެ.

މަޖިލީހުގެ ރައީސަށް ދަޢުލަތުން ޚާއްޞަކޮށްފައިވާ ގެކޮޅު މުރައިދޫގެއަށް، މަޖިލީހުގެ މިހާރުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަޝްފާޤް ހަމަޖައްސާފައިވާއިރު، އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ ޖުލައި 28 ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco