ވިޔަފާރި / ޚަބަރު

"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް

"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު މަޖިލީހަށް

މޯލްޑިވްސް 2.0

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 11:15

15 ޖޫން 2026، 11:15

ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން، ދައުލަތުގެ ހިންގުން ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ އިތުބާރުހިފޭ، ސަލާމަތްތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަރނަންސްގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދުންމި ބިލުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ޑިޖިޓަލް ގަވަރނަންސްގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި އިދާރާ ހިންގާނީ ދާޚިލީ ވުޒާރާގެ ދަށުން ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވާނީ އެ ވުޒާރާއަކާ ހަވާލުވެ ހުންނަވާ ވަޒީރެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އާ އިދާރާ އުފެދުމާއެކު، ދާޚިލީ ކަންކަމާބެހޭ ވުޒާރާގެ ދަށުން މިހާރު ހިންގަމުންދާ ޑިޖިޓަލް ސަރވިސްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި، ޙައްގުތަކާއި، މަންފާތަކުގެ އިތުރުން މުވައްޒަފުންވެސް "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އަށް ބަދަލުވާނެއެވެ.

އިދާރާގެ ޒިންމާތަކާއި އޮނިގަނޑުމި އިދާރާގެ އެންމެ އިސްވެރިޔަކަށް "ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ" އެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވަންވާނެއެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް ލަފާދޭ "ޑިޖިޓަލް ގަވަރނަންސް އެޑްވައިޒަރީ ކޮމިޓީ" އެއްވެސް އުފެއްދުމަށް ބިލުގައި ލާޒިމްކުރެއެވެ.

ދައުލަތުގެ އައިސީޓީއާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކާއި، ނެޓްވޯކްތަކާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމަކީ މި އިދާރާގެ ޒިންމާއެކެވެ. އަދި ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ފަންނީ މިންގަނޑުތައް ކަނޑައަޅައި، އެ ޚިދުމަތްތަކަކީ ނަޒާހަތްތެރި އަދި އިތުބާރު ހިފޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރަންޖެހޭނެއެވެ.

މޯލްޑިވްސް 2.0 ރޯޑްމެޕާއި ސިޓިޒަން ޕޯޓަލްމި ބިލު ޤާނޫނަކަށް ވުމުން "މޯލްޑިވްސް 2.0" ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް ފެށިގެންދާނެއެވެ. މީގެ ދަށުން:

  • މޯލްޑިވްސް 2.0 ރޯޑްމެޕް" އެކުލަވާލައި ތަންފީޒުކުރުން.
  • ދައުލަތުގެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ "ސިޓިޒަން ޕޯޓަލް" އެއް ގާއިމުކުރުން.
  • ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭނެ ނިޒާމެއް ބިނާކުރުން.
  • އިދާރާތަކުގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ އިންޓައޮޕަރަބަލް އިކޯސިސްޓަމެއް ގާއިމުކުރުން.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލްސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވާ 7 މެންބަރުންގެ ކައުންސިލެއް އުފެއްދުމަށްވެސް ބިލުގައިވެއެވެ. މި ކައުންސިލްގައި ކަމާގުޅޭ ވަޒީރުންނާއި، ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިންގެ އިތުރުން ފަންނީ މާހިރުން ހިމެނޭނެއެވެ.

މި ބިލަކީ ރާއްޖޭގެ އިދާރީ ހިންގުން ޑިޖިޓަލް ފަރސްޓް ސިޔާސަތެއްގެ ދަށުން ބައްޓަންކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450