ދުނިޔެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް

ބިންހެލުން ރެކޯޑްކުރުން / ފޮޓޯ: އެންއެސްޓީ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ޤައުމަށް ބިންހެލުމެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައި ވަނީ، ބިންހެލުންތައް މޮނިޓަރު ކުރަމުން އަންނަ އިންޑިއާގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިންނެވެ.

ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ވަޤުތެއްގައި އިންޑޮނޭޝިއާ އަށް މި ބިންހެލުން އައިސްފައިވަނީ ރެކްޓަރު މިންގަނޑުން 6.8 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. އަދި މި ބިންހެލުން އައިސްފައިވަނީ، ސުލަވެސީ ރަށްތައް ކައިރީގައި އޮންނަ ޕަލޫ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ކަމަށް ވެސް ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން އިން ވަނީ ހާމަކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން، ބައެއް އިމާރާތްތަކަށް ގެއްލުންވެފައިވާއިރު، ބައެއް އިމާރާތްތަަކުން މީހުން ހުސްކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، ބިންހެލުން އައި ވަގުތު ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ތެރޭގައި ތިބި ފަރާތްތައް އިމާރާތްތަކުން ބޭރަށް ނިކުމެ، ރައްކާތެރިކަން ހޯދުމަށް ވަނީ މަސައްކަތްކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާ އަށް ސުނާމީގެ އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ. ހަމަ އެހެންމެ، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިިޕޯޓެއް ލިބިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450