ޚަބަރު
އެމްއެމްއޭގެ 2026ވަނަ އަހަރުގެ ސްކޮލާރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއެމްއޭގެ އިމާރާތް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ސްކޮލަރޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން އިއުލާނުކުރުމަށް އެމްއެމްއޭއިން އަންމުކުރި ގެޒެޓުގައިވާގޮތުން، ސްކޮލާރޝިޕް ޕްރޮގްރާމުގެ ދަށުން ބެޗްލަރސް ޑިގްރީ ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ފެންވަރަށް މެލޭޝިޔާގެ ޔުނިވާރސިޓީތަކަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ސްކޮލާރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތުދިނުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ތިން ޔުނިވާރސިޓީއަކުންނެވެ. އެއީ ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ އަދި އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީއެވެ.
ސްކޮލާރޝިޕަށް ހޮވޭފަރާތްތަކުގެ ކިޔެވުމަށްދާ ހުރިހާ ހަރަދެއް އެމްއެމްއޭގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. އޭގެ ތެރޭގައި ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތަކާއި، ޕްރޮގްރާމުގެ މުއްދަތުގައި ދިރިއުޅުމަށް ހިނގާ ޚަރަދުތަކާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް ހިމެނެއެވެ. އަދި މީގެ އިތުރުން، ޕްރޮގްރާމް ފެށުމަށް ޓަކައި ކިޔެވުމަށް މެލޭޝިޔާއަށް ދިއުމުގެ ޓިކެޓާއި، ޕްރޮގްރާމް ނިމުމުން އެނބުރި އައުމުގެ ޓިކެޓާއި، ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސްގެ ކަންތައްތައް ވެސް އެމްއެމްއޭގެ ފަރާތުން ހަމަޖެހިގެންދާނެއެވެ.
ކޯސް ފުރިހަމަ ކުރުމަށްފަހު 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނޭ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
މިސްކޮލާރޝިޕް ޕްރޮގްރާމަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2026 ވާ ވާ އަންގާރަދުވަހުގެ 14:00. ކުރިމަތިލުމަށް ބޭނުންވާފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅުއްވާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެބޭފުޅުންގެ ހޮޓްލައިން ނަންބަރު 3012113 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.