ދުނިޔެ / ޚަބަރު

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތައް ބެން ގުރިއޮން އެއާޕޯޓުން ގެންދަނީ

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތައް ބެން ގުރިއޮން އެއާޕޯޓުން ގެންދަނީ

ބެން ގުރިއޮން އިންޓަނޭޝަނަލް އެއާރޕޯޓު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖޫން 2026، 11:21

17 ޖޫން 2026، 11:21

އިސްރާއީލުގެ ބެން ގުރިއޮން އެއާޕޯޓުގައި ހުރި އަސްކަރީ މަތިންދާ ބޯޓުތައް އަނބުރާ ގެންދިއުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ. އެއީ މިހާރު އެސަރަހައްދަށް ފޮނުވާފައިވާ މަތިންދާ ބޯޓުތަކުގެ 20 އިންސައްތައެވެ. 

މިގޮތަށް ނންމަފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދަ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއާއީ އީރާނުންވަމުން އަންނަ މަޝްވަރާތަކާއި ގުޅިގެނެވެ. ނަމަވެސް މި މަތިންދާ ބޯއްޓުތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންތަނަކަށް ކަމެއް ސަފެއް ނުވެއެވެ. 

އެމެރިކާގެ އަސްކަރީ މަތިންދަ ބޯޓުތައް ބެން ގުރިއޮން އެއާޕޯޓުގައި ހުރުމުގެ ސަބަބުން އެތަނުގެ ޕާކިންގަށް ހުރި ޖާގައިގެ ބޮޑުބައެއް ވަނީ ގެއްލިފައެވެ. އަދި މިއީ ޓޫރިޒަމްގެ ޕީކް ސީޒަން ކަމުން މީގެ ސަބަބުން 2.4 މިލިއަން ޓިކެޓު ކެންސަލްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް އޮފިޝަލުން ބުނެއެވެ. 

އިސްރާއިލުގެ އެއާޕޯޓްސް އޮތޯރިޓީގެ ޑިރެކްޓާރ ޖެނެރަލް ޝެރޮން ކެޑްމީ ވަނީ މިހަރު ވެސް އެތައް ފްލައިޓެއް ޖުލައިމަހު އެކަނި ވެސް ކެންސަލް ވެފައިވާ ކަމަށް ބުނެފައެވެ. އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތައް އެއާޕޯޓުން ދިއުމުން ގިނަ ފްލައިޓުތައް އައުމަށް މަގުފަހި ވާނޭ ކަމަށާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވިގެން ދާނެ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން، އިސްރާއީލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިޔާ ޝްމުއެލް ޒެކޭ ވަނީ އެމެރިކާގެ އަސްކަރީ މަތިންތާ ބޯޓުތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރާ ކަމަށް އޭގެ ސަބަބުން އެގައުމުގެ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށްފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450