Ads by Farudhun

ޚަބަރު

2029 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު 10 ބިލިއަން ޑޮލަރަށްވުރެ މައްޗަށް : އައިއެމްއެފްގެ ތަފާސްހިސާބު

2029 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު 10 ބިލިއަން ޑޮލަރަށްވުރެ މައްޗަށް : އައިއެމްއެފްގެ ތަފާސްހިސާބު

ރާއްޖޭގެ ރިސޯޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2026، 03:01

17 ޖޫން 2026، 03:01

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ މިންގަނޑު 10 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ޖެހިލާނެއެވެ. މިއީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އިގްތިސާދީ ކުރިމަގު އުޖާލާކަން ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.

އައިއެމްއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 8.13 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ކުރިއެރުން ދަމަހައްޓައި، 2029 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 10.2 ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް މިންވަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރު ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ ގާތްގަނޑަކަށް 19,500 ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއާއެކު ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ އާމްދަނީ މަތީ ގައުމުތަކުގެ ތެރޭގައެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނަކީ ފަތުރުވެރިކަމަށްވާއިރު، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.2 މިލިއަނަށް އަރާނެއެވެ. އަދި 2029 ވަނަ އަހަރާ ހަމައަށް މި އަދަދު 2.77 މިލިއަނަށް އިތުރުވެގެންދާނެއެވެ. މި ކުރިއެރުމަށް ބާރުދޭނެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތިކުރުމާއި، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ފުޅާކުރުން ހިމެނެއެވެ.

އިގްތިސާދީ ދާއިރާގައި ހުރި ނާޒުކު ކަންކަމަށް ސަމާލުވުމަށް އިރުޝާދު ދެމުންވެސް، އައިއެމްއެފް އިން ފާހަގަކޮށްފައިވަނީ ރާއްޖެއިން ދަރަނި އަދާކުރުމުގައި ދަމަހައްޓަމުންދާ އަހުލާގާއި، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރިޒާވް އިތުރުވަމުންދާ ކަމަށެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު 3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށްވެސް އެ މުއައްސަސާއިން ލަފާކުރެއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ނ

ނަޖީބް

17/06/2026 15:29

މީ މިބުނާވާހާކަ އަކީ ގައުމެއްގެ ސަރުކާރު ހިންގަން އެގުމަކީ އެގައުމެއްގެ އިގްތިސާދު ކުރިއަރުވަން އެގުން، ހުރިހާ ރަށެއްގާ ބަނދަރު ވެސް އެޅޭނެ އަދި އެއަރޕޯޓް ވެސް އެޅޭނޭ، ކޮންމެ ބަޔަކު ސަރުކާރު ހިންގުމަށް ހަވާލު ވިޔަސް ބޭރާއި އެތެރޭގެ ދަރަނި ކުޑަކުރަމުން ގައުމު ތަރައްގީ ކުރޭ