Ads by Farudhun

ޚަބަރު

ކުޅުދުއްފުށީ ޕޯޓުގައި ކްރޭނުގެ ލޮކު ނެއްޓި ކޮންޓެއިނަރެއް ވެއްޓިއްޖެ

ކުޅުދުއްފުށީ ޕޯޓުގައި ކްރޭނުގެ ލޮކު ނެއްޓި ކޮންޓެއިނަރެއް ވެއްޓިއްޖެ

ކޮންޓެއިނަރު ވެއްޓުނު ހާދިސާ / ފޮޓޯ: މިހާރު

farudhun logo

ފަރުދުން

17 ޖޫން 2026، 07:09

17 ޖޫން 2026، 07:09

ހދ. ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއަރ ކުރަން އުޅުމުގެ ތެރޭގައި ކްރޭނެއްގެ ލޮކު ނެއްޓިގެން ކޮންޓެއިނަރެއް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

ނަމަވެސް މި ހާދިސާއާ ގުޅިގެން ކޮންޓެއިނަރާއި، ކޮންޓެއިނަރު އުފުލުމަށް ތައްޔާރުކޮށްފައި އޮތް ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން ދޯނީގެ އެކި ތަންތަން ފަޅައިގެން ގޮސް، ކޮންޓެއިނަރުގެ ތެރޭގައި ހުރި މުދަލަށް ގެއްލުން ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގެ ސަބަބުން ކޮންޓެއިނަރު ގެނައި މީހުންނަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450