ދުނިޔެ / ޚަބަރު

އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމެރިކާގެ ރައީސް އެއްބަސްވުމުގައި ސޮއި ކުރައްވަނީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ޖޫން 2026، 10:55

18 ޖޫން 2026، 10:55

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ޖޫން 2026 ވީ ބުދަ ދުވަހު، ޖީ7 ސަމިޓަށްފަހު ފްރާންސްގެ ޕެލެސް އޮފް ވާސައިލާގައި އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮންއާ އެކު ބެއްވުނު ފަރީއްކޮޅެއްގެ ތެރެއިންނެވެ.

އެއްބަސްވުމުގައި، މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެއެވެ. އަދި އެއްވެސް ކަހަލަ ހަމަލާ ބަދަލުކުރުމެއް ނުފެށުމަށާއ، އިތުރު ހަނގުރާމައަކަށް މަގުފަހިވާ ގޮތަށް އެއްވެސް އަސްކަރީ ބާރެއްގެ ބެނުންކޮށްގެން ނުވާނެ ކަމަށްވެއެވެ. އަދި ލުބްނާނުގައި ހިނގާ ހަނގުރާމަ ހުއްޓެން ޖެހޭނެކަމަށް ވެސްވެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 60 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މި މުއްދަތު ދެފަރާތުން އެއްވަސް ވާނަމަ އިތުރު ކުރެވިގެންދާނެއެވެ. 

މީގެ އިތުރުން، އެމެރިކާއިން އެހެން ގައުމުތަކާ ގުޅިގެން އީރާނު އަލުން އާބާދު ކުރުމަށާއި އީރާނުގެ އިގްތިޞާދު ކުރިއެރުވުމަށް، 300 ބިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. މި ފައިސާ ހޯދާނެ ގޮތާއި އީރާނަށް މި ފައިސާގެ ބޭނުން ކުރެވޭނެ ގޮތްތަކާ ގުޅޭ ތަފްސީލުތައް ނިންމާ ކަނޑައަޅާނީ މައްސަލައިގެ ދާއިމީ ހައްލެއް ހޯދުމަށް ކަނޑައަޅާފައިވާ 60 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. 

އަދިހަމައެހެންމެ، އެމެރިކާއިން ވަނީ އިރާނުގެ އިގްތިޞާދަށް އެތައް ގެއްލުންތަކެއްވަމުންދާ، ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް ނިންމާފައެވެ. 

މި އެއްބަސްވުމަކީ ވަގުތީ އެއްބަސްވުމަކަށް ވީނަމަވެސް، 60 ދުވަހުގެ މުއްދަތުގައި ކުރެވޭ މަޝްވަރާތަކަށްފަހު، އެންމެ ފަހުން ކުރެވޭ އެއްބަސްވުމުގައި ސޮއި ކުރެވޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލުގެ އެއްބަސްވުމާއެކީގައެވެ. 

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450