Ads by Farudhun

ޚަބަރު

ނ. ވެލިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ނ. ވެލިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާން ރޯވި ބަދިގެ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2026، 12:09

18 ޖޫން 2026، 12:09

ނ. ވެލިދޫގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ބަންގްލަދޭޝް މީހުން ދިރިއުޅޭ ގެއެއްގެ ބަދިގޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުންނަ މަސް ކައްކާ ބަދިގެއެއްގައެވެ. މި ހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ސީދާ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ސަބަބުން މީހަކަށް އަނިޔާ ނުވި ނަމަވެސް، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހެއްގެ ގަޔަށް ހޫނު ފެން އެޅިގެން ވަނީ އަނިޔާވެފައެވެ. "އަލިފާން ނިއްވަން އުޅުނު މީހެއްގެ ގަޔަށް ހޫނު ފެން އެޅިގެން އޭނާއަށް މިހާރު ދަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން،" ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450