Ads by Exprox

ޚަބަރު

އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމަވައިފި!

އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމަވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 03:35

03 ސެޕްޓެމްބަރު 2024، 03:35

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އެމްއައިޓީޑީސީއާއި އެގްރޯނެޓް އުވާލަން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލަން ނިންމާފައިވާއިރު، އެމްއެފްއެމްސީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ޤަވާޢިދަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެހެން ކަމުން، އެމްއައިޓީޑީސީ އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އުފެއްދި އެގްރޯނެޓް އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

މި މަސައްކަތްތައް މި އަހަރު ނިމުމުގެ ކުރިން ނިންމަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޚަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލަންވެސް އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އެއްކޮށްލުމަށް ނިންމި އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުމަށްވެސް ނިންމި އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco