ދުނިޔެ
ރިޝްވަތުގެ މައްސަލައެއްގައި ސްރީލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން ހައްޔަރުކޮށްފި
ޔޮޝިއްތަ ރާޖަޕަކްސަ ހައްޔަރުގައި. ފޮޓޯ: ރޮއިޓާރސް
ސްރީލަންކާގެ ބްރައިބެރީ ކޮމިޝަނުން އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން، ޔޮޝިއްތަ ރާޖަޕަކްސަ ރިޝްވަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ޔޮޝިއްތަ ލަންކާގެ އަސްކަރިއްޔާގެ ނޭވީއާއި 2006 ވަނަ އަހަރު ގުޅުނީ ރިޝްވަތު ދީގެންކަމަށް، ކޮމިޝަނުގެ ތަހުގީގުތަކުން ހާމަވުމާއި ގުޅިގެން، އޭނާ ހައްޔަރުކޮށްފައިވަނީ 17 ޖޫން 2026 ގައެވެ.
ހައްޔަރުކުރެވުމަށްފަހު އޭނާ ކޮލަމްބޯގެ އިސް މެޖިސްޓްރޭޓުގެ ކޯޓަށް ގެންދިޔައެވެ. ކޯޓުން ވަނީ އޭނާ ކަފަލާތުގެ ދަށުން ދޫކޮށްލައި، އޭނާ ހައްޔަރުގައި ނުބަހައްޓާ މައްސަލަ ބެލުމަށް ނިންމާފައެވެ.
ރާޖަޕަކްސާގެ އާއިލާއަކީ ލަންކާގައި ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއެއް ކަމަށް ވީއިރު، އެމީހުންގެ މައްޗަށް ކުރެވޭ ރިޝްވަތާއި ކޮރަޕްޝަންގެ ދައުވާތައް ވަރަށް ގިނައެވެ.
2022 ގައި ރާޖަޕަކްސަ ލަންކާގެ ރައީސްކަމުން އިސްތިއުފާދޭން މަޖުބޫރުވީ އެ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ހަމަނުޖެހުން ބޮޑުވެ، އެ ގައުމުގައި ބާއްވަމުންދިޔަ ބޮޑެތި އެއްވުންތައް ނުހުއްޓެވުމުގެ ސަބަބުންނެވެ.