Ads by Farudhun

ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ޤަރާރެއް މީކާއިލް ހުށަހެޅީ ތާއީދު ހޯދުމަށް: ހުސްނީ މުބާރިކް

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ޤަރާރެއް މީކާއިލް ހުށަހެޅީ ތާއީދު ހޯދުމަށް: ހުސްނީ މުބާރިކް

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް / ފޮޓޯ: މަޖިލިސް

farudhun logo

ފަރުދުން

18 ޖޫން 2026، 05:27

18 ޖޫން 2026، 05:27

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ޤަރާރެއް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިދިޔަ މަހު ހުށަހެޅުއްވީ، އޭރު މީކާއިލް ކެމްޕެއިން ކުރައްވަމުން ގެންދެވި އިންތިޚާބުގައި ތާއީދު ހޯއްދެވުމަށްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ހުސްނީ މުބާރިކު ތުހުމަތުކުރައްވައިފިއެވެ.

ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހިއްޖެކަމަށް ފާހަގަކޮށް އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ފޮނުވި ޤަރާރާ ގުޅިގެން މަޖިލީހުގެ ތަޅުމަށް ބަހުސަށް ހުޅުވާލާފައި ވަނީ ބުދަ ދުވަހު އޮތް ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާގައެވެ.

ހުސްނީ މުބާރިކް ވިދާޅުވީ، 11 މެއި 2026ގައި މީކާއިލް މި ޤަރާރު ހުށަހެޅުއްވިއިރު، އެ ބޭފުޅާ ގެންދެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރައްވާތީ ރަށްރަށަށް ދަތުރުކުރައްވަމުން ކަމަށެވެ. އެހެންކަމުން މި ޤަރާރަކީ އިންތިހާބު ކާމިޔާބުކުރުމަށް ރަށްރަށުގައި ތިއްބެވި ކައުންސިލަރުންގެ ތާޢީދު ހޯއްދެވުމަށް ހުށަހެޅުއްވި ބިލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

އެ ތާރީޙުގައި މި ޤަރާރު ހުށަހެޅުއްވިއިރު އިއްޒަތްތެރި މެންބަރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކޮށް ރަށްރަށަށް ދަތުރުކުރަމުން ގެންދެވި. އެހެންކަމުން އަޅުގަނޑަށް ސިފަވަނީ މިއީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، ރަށްރަށުގައި ތިބި ކައުންސިލަރުންގެ ތާޢީދު ހޯދައިގެން އެ ކައުންސިލަރުން މެދުވެރިކޮށް އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންގެ ތާޢީދު ހޯދުމުގެ ބޭނުމުގައި ހުށަހެޅުއްވި ޤަރާރެއް ގޮތަށް.

ބަސްގައި ބައިވެރިވެވަޑައިގެން ހުސްނީ މުބާރަކް ވިދާޅުވިއެވެ.

ހުސްނީ މުބާރިކް ވިދާޅުވީ، މި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނަވަމުން ދާކަމަށާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށް ވުރެ ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަކަމުގައި ވާނަމަ، އެ ބަދަލުވެސް ގެންނަވާނެކަމަށެވެ.

މިކަމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން މެންބަރު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ މި ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށާއި، ހަމައެގޮތަށް، ޖުޑީޝަރީގެ އިދާރީ މުވައްޒަފުންގެ މުސާރަ އާއި މިނިވަން މުވައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. 

އެހެންކަމުން މިއީ އެމްޑީޕީން ޤަރާރެއް ހުށަނޭޅިޔަސް އަދުގެ ސަރުކާރުން ކުރައްވާނެ މުހިންމު ކަންކަން ކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ.

އަދި މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތްކޮށް، އެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރައްވަމުންދެންދަވާ ސަރުކާރެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450