Ads by Farudhun

ޚަބަރު

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް

އެމްޕީއެލް ސަރަހައްދުގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 04:04

19 ޖޫން 2026، 04:04

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މިއީ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި މުދާ ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.

އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މާލެ ވިޔަފާރި ބަނދަރުން ކްލިއަރކުރުމަށް އެ ކުންފުނިން އަމަލުކުރާ ޚާއްސަ އުސޫލުގެ ދަށުން، މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭގެ 23:30 އާ ހަމައަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ދާނެކަމަށެވެ.

މާލެ ވިޔަފާރި ބަނދަރަށް ބާލާ މުދަލުގެ ތެރެއިން ޕެރިޝަބަލް މުދަލަށް އިސްކަންދީގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޕީއެލްއިން ވަނީ ޖުމްލަ 1,823 ޓީއީޔޫސް އަންލޯޑްކޮށް، 1,692 ޓީއީޔޫސް ލޯޑްކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ހަލާކުވާ ޒާތުގެ މުދަލުގެ 51,528 ޕެކޭޖު ކްލިއަރކޮށްފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ބަނދަރުގެ ހިންގުން ހަރުދަނާކޮށް، މުދާ ނެރުމުގެ މަސައްކަތް އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450