Ads by Farudhun

ޚަބަރު

ވިލިމާލޭގެ ރައްޔިތުންނަށާއި ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވީ މިހާރުގެ ސަރުކާރުން: އެމްޕީ އިސްމާއިލް

ވިލިމާލޭގެ ރައްޔިތުންނަށާއި ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވީ މިހާރުގެ ސަރުކާރުން: އެމްޕީ އިސްމާއިލް

ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 04:51

19 ޖޫން 2026، 04:51

ފާއިތުވި ސަރުކާރުތަކާ ޚިލާފަށް، ވިލިމާލޭގެ ރައްޔިތުންނަށާއި ތަރައްޤީއަށް އެންމެ ބޮޑު އިސްކަމެއް ދެއްވީ މިހާރުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ވިލިމާލޭގައި "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ވިލިމާލެއަކީ އޮތް ތަނެއްކަން އިހުސާސް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިލިމާލެއަށް ޚާއްޞަ އިސްކަމެއް ދެއްވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ތަރައްޤީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްގެންދަވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ތަރައްޤީއަށް ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އެ ރަށުގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އަމަލީ ގޮތުން ފެށިގެން ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ސަރުކާރުން ވިލިމާލޭގެ ކުރިއެރުމަށް ގިނަގުނަ މަޝްރޫޢުތަކެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މާޒީގެ ޞަފުޙާތަކަށް ބަލާއިރު ފާއިތުވި 15 އަހަރު ވިލިމާލެ އޮތީ އަޅާނުލެވި ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަކި ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެންމެ ބޭނުންވާ ކަންކަން ފުއްދައިދިނުމަށް މަގުފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ވަނީ ފޮތެއްގެ ސިފައިގައި ލިޔެވި، ރައްޔިތުންގެ އަތްމައްޗަށް ފޯރުކޮށްދެވިފައި. އެއީ ހަމައެކަނި ދެއްކެވި ވާހަކަފުޅެއް ނޫން،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރާ ހަމައަށްދާއިރު، މާޒީގައި ނުފެންނަ ފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ނިމި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ހިމެނޭނެ ކަމަށާއި، ރައީސްގެ ހުރިހާ ވަޢުދުފުޅުތަކެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވެ މެންބަރު ވާހަކަފުޅު ނިންމަވާލެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450