Ads by Farudhun

ޚަބަރު

އަންނައަހަރު އަތޮޅުތަކުގައި އާއިލީ މައްސަލަތަކުގައި ސުލްހަވެރި ހައްލު ހޯދައިދިނުމުގެ ޚިދުމަތް ފަށަނީ

އަންނައަހަރު އަތޮޅުތަކުގައި އާއިލީ މައްސަލަތަކުގައި ސުލްހަވެރި ހައްލު ހޯދައިދިނުމުގެ ޚިދުމަތް ފަށަނީ

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް" އިފްތިތާޙްކުރުން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2026، 07:46

20 ޖޫން 2026، 07:46

އަންނަ އަހަރު ރާއްޖޭގެ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި އާއިލީ މައްސަލަތަކުގައި ސުލްހަވެރި ހައްލު ހޯދައިދިނުމުގެ ނިޒާމު ނުވަތަ "ފެމިލީ މީޑިއޭޝަން" ގެ ޚިދުމަތް ފެށުމަށް ޝަރުޢީ ދާއިރާއިން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ "ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ، އަތޮޅުތަކުގެ ކޯޓުތަކުން މި ޚިދުމަތް ލިބިގެންދިޔުމަކީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށެވެ.

މި ނިންމުމަކީ 2025 ވަނަ އަހަރު ބޭއްވި "ފަނޑިޔާރުންގެ މަހާސިންތާ" ގައި، މުޖުތަމަޢުގައި އާއިލީ މައްސަލަތައް އިތުރުވެ، އޭގެ ނާޒުކުކަން ބޮޑުވަމުންދާތީ، އެފަދަ މައްސަލަތަކަށް އެންމެ އެދެވޭ ހައްލެއް ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް ފެމިލީ ކޯޓުގައި 5,102 ކައިވެނި ކޮށްދީފައިވާއިރު، 3,498 ވަރި ކޮށްދީފައިވާކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކޯޓު މަރުހަލާގައި އާންމުކޮށް ފެންނަނީ ދެ ފަރާތުން އެކަކު އަނެކަކަށްވުރެ މޮޅުވާން މަސައްކަތްކުރާ މަންޒަރު ކަމަށެވެ. ނަމަވެސް މީޑިއޭޝަންގެ ސަބަބުން، ދަރިންނަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކައިވެނި ރޫޅުނު ކަމުގައިވިޔަސް، ދަރިންގެ ހައްގުގައި އޯގާތެރިކަމާއި އިހުތިރާމާއެކު މުއާމަލާތުކުރުމުގެ މާހައުލެއް ގާއިމުވުމަކީ މީޑިއޭޝަންގެ މައިގަނޑު މަގުސަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް މިއަދު (އާދިއްތަ ދުވަހު) ފަށާފައިވާއިރު، އަންނަ މަހުގެ ތެރޭގައި މީޑިއޭޓަރުން ތަމްރީންކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މިއީ މާލޭގައި ހުންނަ ފެމިލީ ކޯޓެކޭ އެއްފަދަ ޚިދުމަތެއް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450