ވިޔަފާރި / ޚަބަރު

ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގައި ބޭރުފައިސާ މާރުކުރުމަށް އިތުރު ލުއިތަކެއް ލިބޭނެ

ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގައި ބޭރުފައިސާ މާރުކުރުމަށް އިތުރު ލުއިތަކެއް ލިބޭނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2024، 02:12

28 ނޮވެމްބަރު 2024، 02:12

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއެކު ބޭރުފައިސާ މާރުކުރުމަށް ބޭންކުތަކަށް ޖާގަ ދެވި، ބޭރުފައިސާ މާރުކުރުމަށް އިތުރު ލުއިތައް ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މި ވާހަކަ ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވިގޮތުގައި، އައު ޓާމިނަލް ނިމި ބޭނުންކުރަން ފަށާއިރު، އެތަނުގައި ބޭރުފައިސާ މާރުކުރުމަށް ޖާގަތައް ހަމަޖެހިގެންދާނެއެވެ. އަދި ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކަށްވެސް އެ ފުރުޞަތު ލިބޭނެއެވެ.

މިއަންނަ އަހަރު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އިންޑަސްޓްރީއަށާއި ވިޔަފާރިތަކަށް ފަސޭހަކުރުމަށްޓަކައި، އައު ޓާމިނަލް މަސައްކަތް ނިގެންދާއިރު އަޅުގަނޑުމެން މިހާރު ބޭންކުތަކާއި އެކު މަޝްވަރާވެސް ކުރަމުންދަނީ؛ އެހެން ޤައުމުތަކުގައި ހުންނަ ގޮތަށް ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ

ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންނަނީ ބޭރުފައިސާގެ އައު ޤާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ބޭރުފައިސާގެ ކަންކަން ތަންފީޒުުރުމަށް ޤަވާޢިދެއް ވަނީ އެކުލަވާލާފައެވެ. މި ޤަވާއިދަށް އަންނަ ޖެނުއަރީމަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ބޭރުފައިސާ މާރުކުރުމަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށެވެ. އަދި މިއާއެކު ބޭންކުތައް ޖަވާބުދާރީކުރުމަށް، ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.


                    


                    

މި ލިޔުން ކިޔާލުމުން