Ads by Exprox

ޚަބަރު

އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނު ގެޒެޓް ކުރައްވައިފި!

އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނު ގެޒެޓް ކުރައްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 08:05

03 ސެޕްޓެމްބަރު 2024، 08:05

ބޮޑެތި ބަދަލުތަކަކާއި އެކު އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނު ގެޒެޓް ކުރައްވައިފިއެވެ.

މިއީ 45 އަހަރުވެފައި އޮތް ފޮރިން އިންވެސްޓްމެންޓްގެ އުސޫލުތައް ހަރުދަނާކޮށް، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުޞަތުތަކެއް ޤާނޫނީ ގޮތުން ލިބޭނެ ގޮތަށް އެކުލަވައިލާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައިވާ ގޮތުން، ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހެދުމާއި، ޤާނޫނުގައި ކަނޑައަޅާ ދާއިރާތަކުން، ހުއްދަ ހޯދައިގެން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޤާނޫނުގައި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ލިބޭނެ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެއެވެ.

މި ޤާނޫނު ބުނާގޮތުން، އެ ފަރާތްތަކަށް ފޮރިން އިންވެސްޓްމަންޓް ގެ ލައިންސަންސެއް އިކޮނޮމިކް މިނިސްޓްރީން ދޫކުރާއިރު، އެ ލައިސަންސް ދޫކުރެވޭ ފަރާތުގެ މަޢުލޫމާތު މިނިސްޓްރީން ދަފްތަރުކޮށް ބަލަހައްޓަން ޖެހެއެވެ.

އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އެވެ. އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ގާނޫނުގައި ބަޔާންވެފައިވާ އެންމެހާ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން މިނިސްޓްރީއަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ވާނެ އެވެ.

ހަމައެއާއިއެކު، އެ އިންވެސްޓްމަންޓަކީ ހުއްދަ ދީފައިނުވާ އިންވެސްޓްމަންޓެއް ނަމަ، މުޅި ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށާއި، ފޮރިން އިންވެސްޓްމެންޓް ލައިސެންސް ހޯދުމުގައި ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާ ކަން ސާބިތުވެއްޖެ ނަމަ އެއް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އައު ޤާނޫނުގައި ވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco