ދުނިޔެ

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ އުސޫލުތަކަކަށް އެމެރިކާގެ ހައުސް ކޮމިޓީން އެއްބަސްވެއްޖެ

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ އުސޫލުތަކަކަށް އެމެރިކާގެ ހައުސް ކޮމިޓީން އެއްބަސްވެއްޖެ

ސޯޝަލް މީޑިއާގެ ބައެއް ޕްލްޓްފޯމްތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 01:08

23 ޖޫން 2026، 01:08

އެމެރިކާގެ ހައުސް އެނާޖީ އެންޑް ކޮމާސް ކޮމިޓީގެ އިސްވެރިން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުޑަކުދިންނާއި ބެލެނިވެރިންނަށް ރައްކާތެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލާޒިމްކުރާ ގާނޫނަކަށް ދެ ޕާޓީން އެއްބަސްވުމަކަށް އައިސްފައެވެ.

މިއީ އޮންލައިންކޮށް ކުޑަކުދިން ރައްކާތެރިކުރާނެ ގޮތަކާ މެދު އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ ބަހުސަށްފަހު އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމިޓީގެ ޗެއާމަން ބްރެޓް ގަތްރީ އާއި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ފްރޭންކް ޕަލޯން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ.

 "އަޅުގަނޑުމެން މަސްތަކެއް ވަންދެން މަސައްކަތްކޮށް، ކުޑަކުދިންނަށް ޑިޖިޓަލް މާހައުލު ރަނގަޅު ކުރުމަށްޓަކައި ސިޔާސަތުތަކެއްގެ މައްޗަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި،" އެ ބަޔާނުގައިވެއެވެ.

މި އެއްބަސްވުމުގައި ބައެއް މުހިންމު ކަންތައްތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. އެގޮތުން، އެމެރިކާގެ ސްޓޭޓްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް މި އެއްބަސްވުމަށްވުރެ ވަރުގަދަ ގާނޫނުތައް ހެދުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، ކުންފުނިތަކުން ޕްލެޓްފޯމްތައް ފަރުމާކުރާއިރު ކުޑަކުދިންގެ ސަލާމަތަށް އިސްކަންދޭންޖެހޭ "ޑިއުޓީ އޮފް ކެއާ" މާއްދާ މި އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ.

އެމެރިކާގެ ހައުސް ސްޕީކަރު މައިކް ޖޯންސަން މި އެއްބަސްވުމަށް ތާއީދުކުރައްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ގާނޫނަކަށް ވުމުގެ ކުރިން ސެނެޓުގެ ތާއީދާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްދީގު ބޭނުންވާނެ ކަމެކެވެ. މިހާތަނަށް މެޓާ އަދި ގޫގުލް ފަދަ ކުންފުނިތަކުން މި އެއްބަސްވުމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ގައުމީ ފެންވަރުގައި މިފަދަ ގާނޫނެއް ނެތުމުން، އެމެރިކާގެ މަދުވެގެން 20 ސްޓޭޓަކުން ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ގުޅޭ އަމިއްލަ ގާނޫނުތައް ފާސްކޮށްފައެވެ. މިހާރުވެސް މެޓާ، ޓިކްޓޮކް، ޔޫޓިއުބް އަދި ސްނެޕްޗެޓް ފަދަ ކުންފުނިތަކާ ދެކޮޅަށް، އެ ޕްލެޓްފޯމްތަކަކީ ކުޑަކުދިންނަށް ގެއްލުންހުރި ގޮތަކަށް ފަރުމާކޮށްފައިވާ ތަންތަން ކަމަށް ބުނެ އެތައް ހާސް ދައުވާއެއް އުފުލާފައިވެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450