Ads by Farudhun

ޚަބަރު

ހިންނަވަރު ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށް ދަނީ ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް

ހިންނަވަރު ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށް ދަނީ ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖޫން 2026، 04:54

23 ޖޫން 2026، 04:54

ޅ. ހިންނަވަރުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރިއަށް ދަނީ ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

އަރްޑީސީއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގެ ޒަރިއްޔާއިން ކަމަށްވާއިރު، އެ ސަރަހައްދުގެ ގްރައުންޑް ލެވެލިން އަދި ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަން އެ ކޯޕަރޭޝަނުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.



ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންނަވަރުގައި އާ ފުޓްސަލް ދަނޑެއް ތަރައްޤީ ކުރަން ފަށާފައިވަނީ، އެ ރަށުގައި  ކުރިން އަޅާފައި އޮތް ދަނޑު ވަރަށް ބޮޑަށް ހަލާކުވެ، ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ވަނިކޮށެވެ. 

މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 29 މާރިޗު 2025 ގައެވެ. އަދި މި  މަޝްރޫއަށް  ސަރުކާރުން 1.7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވެއެވެ. ދަނޑުގެ މަސައްކަތް ނިމުމުން  ހިންނަވަރުގެ ކުޅިވަރު ކުޅޭ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450