Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގައި އަންނަ ބުދަ ދުވަހު ތާރު އަޅަން ފަށަނީ

ބޮޑުތަކުރުފާނު މަގުގައި އަންނަ ބުދަ ދުވަހު ތާރު އަޅަން ފަށަނީ

ބޮޑުތަކުރުފާނު މަގު / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

24 ޖޫން 2026، 08:24

24 ޖޫން 2026، 08:24

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓު 3، 4، އަދި 5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ. އަދި މި ސަރަހައްދު މިހާރު އޮތީ ތާރު އެޅުމަށް ތައްޔާރުކޮށްފައެވެ.

މި މަޝްރޫޢުގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަގު ހެދުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕޭމަންޓު ހެދުމުގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، ސެގްމެންޓު 2 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒްތައް މޮބިލައިޒްކުރުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނާ ގޮތުގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާ (ފޮރިން މިނިސްޓްރީ) އާ ހަމައަށެވެ.

އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450