Ads by Farudhun

ޚަބަރު

އިންޑޮނޭޝިއާގެ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ޝަބީނާ

އިންޑޮނޭޝިއާގެ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ޝަބީނާ

ޑރ. މަރިޔަމް ޝަބީނާ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 09:27

25 ޖޫން 2026، 09:27

ދިވެހިރާއްޖެއިން އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، މިހާރު މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙުމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޝަބީނާއަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޑރ. ޝަބީނާ މި މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. މި ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ޑރ. ޝަބީނާއަކީ އެ މަޤާމަށް ޤާބިލު ބޭފުޅެއް ކަމަށް ނިންމައި، ކޮމިޓީގެ އަޣުލަބިއްޔަތުން އޭނާއަށް ރުހުން ދިނުމަށް ފާސްކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ޑރ. މަރިޔަމް ޝަބީނާއަކީ މިހާރުވެސް މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޤާނޫނުއަސާސީގެ ދަށުން ބޭރު ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި ރުހުން ހޯއްދެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން މަޖިލީހުން މިއަދު ދިން ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަރަށް އަވަހަށް ޑރ. ޝަބީނާ އެ މަޤާމަށް އައްޔަންކުރައްވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450