Ads by Farudhun

ޚަބަރު

ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

އެއަރ ކޯގެ އެހީގައި ބޭރުގެ މަސްބޯޓެއް އަތުލައިގަތުން ފޮޓޯ: އެމްއެންޑީއެފް ( ފައިލް )

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 09:41

25 ޖޫން 2026، 09:41

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތަކެއް އުޅޭކަމުގެ ރިޕޯޓު ލިބިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި، މި މަސްބޯޓުތައް ފާހަގަކުރެވިފައިވަނީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުންނެވެ. ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނީ ބޭރުގެ ދެ މަސްބޯޓު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ ބޭރުގެ މަސްބޯޓުތައް ހޯދައި، އެ ތަކެތި ހުއްޓުވުމަށް އެމްއެންޑީއެފުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އަތުލައިގަނެވޭ ބޯޓުތައް އާންމު އުސޫލުން ހަވާލުކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450