Ads by Farudhun

ޚަބަރު

ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

އަވާނީ ފަރެސް ރިސޯޓް ފޮޓޯ: އަވާނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 11:18

25 ޖޫން 2026، 11:18

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކުގައި 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިއަހަރު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 71.8 އިންސައްތައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ޖުމްލަ 1,036,558 ފަތުރުވެރިންނެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އިޚްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 727,709 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މިވަގުތު ރާއްޖޭގައި 179 ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދުގެ 67 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކުންނެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިގޮތުން 238,417 ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 923 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، ހޮޓެލްތަކުގައި 24,978 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 21,008 ފަތުރުވެރިން މި މުއްދަތުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:

  • ޗައިނާ: 162,305 ފަތުރުވެރިން
  • ރަޝިއާ: 144,552 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 84,787 ފަތުރުވެރިން
  • އިޓަލީވިލާތް: 72,802 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 65,888 ފަތުރުވެރިން


ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ. ވައިގެ މަގުން ޖުމްލަ 1,021,711 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މީގެ ތެރެއިން 1,009,074 ފަތުރުވެރިން ރާއްޖެއަށް އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450