Ads by Farudhun

ޚަބަރު

ހުކުރު ދުވަހުގެ "ގޭމިންގ ކާނިވަލް" ގައި ފުޓުބޯޅަ ލެޖެންޑުން ބައިވެރިވަނީ

ހުކުރު ދުވަހުގެ "ގޭމިންގ ކާނިވަލް" ގައި ފުޓުބޯޅަ ލެޖެންޑުން ބައިވެރިވަނީ

ގޭމިން ކާނިވަލް ވަނީ އާންމުކޮށް ހުޅުވާލާފައި---

farudhun logo

ފަރުދުން

25 ޖޫން 2026، 07:41

25 ޖޫން 2026، 07:41

ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ހުންނަ "ޔޫތު ހަބް" ގައި ޚާއްޞަ ގޭމިންގ ކާނިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން ނިންމައިފިއެވެ.

މި ހަރަކާތަކީ ފީފާ ވޯލްޑް ކަޕް 2026 ވޮޗް ސީރީޒްގެ ބައެއްގެ ގޮތުގައި ޔޫތު ހަބުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. 

ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ކާނިވަލަކީ އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ހުޅުވާލެވިފައިވާ ރައްކާތެރި، އާއިލީ މާހައުލެކެވެ. މި ހަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ލެޖެންޑުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އެގޮތުން، ގައުމީ ޓީމުގެ ކުރީގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުޙައްމަދު އާއި ގައުމީ ޓީމުގެ ކުރީގެ މޮޅު މިޑްފީލްޑަރ މުހައްމަދު އުމެއިރު މި ހަރަކާތުގައި ބައިވެރިވާނެއެވެ.

މި ކާނިވަލުގައި ތަފާތު އެކި ކުޅިވަރުތަކާއި، މަޖާ ހަރަކާތްތަކުގެ އިތުރުން މީރު ކާބޯތަކެތި ވެސް ހުންނާނެއެވެ. އަދި މި ހުރިހާ ކަމެއްވެސް އާންމުންނަށް ހިލޭ ތަޖުރިބާކޮށްލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ޔޫތު ހަބަކީ އެއްފަހަރާ 250 މީހުންނަށް ތިބެވޭނެ ޖާގަ ތަނަވަސް ތަނެކެވެ.



މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ޒަރީޢާއިން ގައުމީ އެއްބައިވަންތަކަން އާލާކުރުމެވެ. މީގެ އިތުރުން، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުމަކީވެސް މިނިސްޓްރީގެ އަމާޒެކެވެ.

މި ކާނިވަލަކީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހަރަކާތަކަށްވާތީ، ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން ދައުވަތު އަރުވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450